English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން ވަށްމާފުށި އަދި ޒިޕްލައިން އެމްވީ އާ ގުޅިގެން ސޯޝަލް މީޑިއާގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ ކަސްޓަމަރުންނާއި ސޯޝަލް މީޑިއާ ފޮލޯވަރުންނަށް، ރާއްޖޭގައި ތަޖުރިބާކޮށްލެވޭނެ އެންމެ ތަފާތު އެއް ހަރަކާތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށާއި، އާއިލާ ނުވަތަ ރައްޓެހިންނާއެކު ހަނދާންތަކެއް އާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ދަތުރުގެ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ވަށްމާފުށީގައި ހަތަރު މީހަކަށް ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް މުޅި ދުވަހުގެ ބީޗް ޕިކްނިކެއް
  • ޒިޕްލައިން އެމްވީއާއެކު ފޯރިގަދަ ޒިޕްލައިން ހަރަކާތެއް ތަޖުރިބާކޮށްލުން
  • މާފުށިން ދިއުމާއި އެނބުރި އައުމުގެ ދަތުރުފަތުރުގެ އިންތިޒާމު

މި ހަރަކާތުގައި ބައިވެރިވުމަށް

  • ސޯޝަލް މީޑިއާގައި އުރީދޫ މޯލްޑިވްސް، ވަށްމާފުށި އަދި ޒިޕްލައިން އެމްވީ ފޮލޯކުރުން
  • މި ދަތުރުގައި ގެންދަން ބޭނުންވާ ތިން ރައްޓެހިން ޓެގްކުރުން
  • ޕްރޮމޯޝަންގެ ޕޯސްޓް ޝެއާކުރުން

އުރީދޫ އިން ބުނީ މި ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް މި ދަތުރު ލިބޭނެ ކަމަށެވެ. މި ނަސީބުވެރިޔާއަށް މި ދަތުރުގައި އިތުރު 3 މީހުން ގެންދެވޭނެއެވެ. ސޯޝަލް މީޑިއާގައި ކުރިއަށްދާ މި މުބާރާތް ކުރިއަށްދާނީ 12 އިން 20 ޖުލައި 2026 ގެ ނިޔަލަށެވެ.

އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންނަށް ފޯރިގަދަ އަދި ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދެމުންނެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހިތްގައިމު މުނިފޫހިފިލުވުމާއި އެޑްވެންޗަރ ފުރުސަތުތައް ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.