English Edition
Dhivehi Edition
އިމިގްރޭޝަނުން ބިދޭސީންގެ މައުލޫމާތު ހޯދުން / ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 32 ބިދޭސީއަކު ތިލަފުށިން އިއްޔެ ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ޓާސްކު ފޯހުން ތިލަފުށީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް އިއްޔެ ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެ ރެއިޑުގައި 836 ބިދޭސީއަކާ ސުވާލުކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 32 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން އަމާޒުކުރީ ތިލަފުށީގެ ސިނާއީ ސަރަހައްދުތަކަށާއި ވިޔަފާރިކުރާ ތަންތަނުގެ އިތުރުން މީހުން ދަތުރުފަތުރުކުރާ ސަރަހައްދުތަކަށެވެ. އޭގެ ތެރޭގައި ތިލަފުށީ ފެރީ ޓާމިނަލާއި ސްޓެލްކޯ ޓީ-ޖެޓީ ސަރަހައްދާއި އެ ރަށުގެ އެކި ސިނާއީ ޒޯންތައް ހިމެނޭހެން ގިނަ ސަރަހައްދުތަކެއް އުޅޭ ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، އެމީހުން ހިފަހައްޓަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ؛ ވިސާގެ މުއްދަތު ހަމަވުމާއި، ހުއްދަ ނެތް ތަންތަނުގައި މަސައްކަތްކުރުމާއި، ވިސާގެ ޝަރުތުތަކާ ހިލާފަށް އަމިއްލައަށް ވިޔަފާރިކޮށް އާމްދަނީ ހޯދުމުގެ އިތުރުން ވޯކް ޕާމިޓް ފީ ދައްކާފައި ނުވުމާ އަދި ސައްކަތްކުރާ ތަންތަނުން ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ މީހަކަށްވުމާއި ތިލަފުށީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވުން ކަމަށެވެ،