މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އިންގްލޭންޑް ޖާގަ ހޯދައިފިއެވެ. އިންގްލޭންޑް ސެމީއިން ޖާގައެއް ކަށަވަރު ކުރީ ކުއާޓާ ފައިނަލްގައި ނޯވޭއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނޯވޭއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޕޯޗުގަލްގެ ބެންފީކާއަށް ކުޅޭ އެންޑްރިއަސް ޝޯލްޑާރަޕްއެވެ. ފުރަތަމަ ހާފް ނުނިމެނީސް ރިއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންގްހަމް ވަނީ ލަނޑެއް ޖަހާ އިންގްލޭންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފް ފެށުނުތަނާހެން ނޯވޭއިން ލަނޑެއް ޖެހި ނަމަވެސް، އޭގެ ކުރިން އިންގްލޭންޑްގެ ކުޅުންތެރިއަކަށް ފައުލްކޮށްފައިވުމުން ވީއޭއާރްއިން އެ ލަނޑު ކެންސަލް ކުރިއެވެ.
މެޗުގެ 90 މިނެޓް ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ 30 މިނެޓުގެ ތެރެއިން، އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބެލިންގްހަމް ވަނީ އިންގްލޭންޑް މޮޅުކޮށްދިން ލަނޑު ޖަހައިދީފައެވެ.
އިންގްލޭންޑް އެންމެ ފަހުން ވޯލްޑްކަޕެއްގެ ސެމީ ފައިނަލަށް ދަތުރުކުރީ 2018 ވަނަ އަހަރުގައެވެ. އެފަހަރު ފްރާންސް އަތުން 2-1 އިން ބަލިވި ނަމަވެސް، މިފަހަރު ސެމީ ފައިނަލްގައި އިންގްލޭންޑް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ އާއި ސްވިޓްޒަލޭންޑް ކުޅެގެން މޮޅުވާ ޓީމަކާއެވެ.