English Edition
Dhivehi Edition
ނަސްރުﷲ ޝަކީލު ހުސައިން / ފޮޓޯ/ ފުލުހުން

ހުޅުމާލެ، ފޭސް 2 ގައި ހުންނަ ވިނަރެސް ފުލެޓް 9 ގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގަިއ ހައްޔަރުކޮށްފައިވަނީ، ލުކިންގްލާސް / ގދ. ތިނަދޫ، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނި މި ޖުލައި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އިތުރަށް ފުލުހުން ބުނީ ވިނަރެސް ފުލެޓް 9 ގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ތަނަށްގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ގެންލުންދީ، އަރތު ނަރުތައް ބުރިކޮށް އަދި ކޮޕަރ ފޮތިތައް ވަގަށްނަގާފައިވާ ކަން އެނގިފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.