English Edition
Dhivehi Edition

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އަތުން 3-2 އިން މިސްރު ބަލިވި މެޗަށްފަހު، މިސްރުގެ ހެޑް ކޯޗު ހުސާމް ހަސަން އާއި ބައެއް ކުޅުންތެރިން ވަނީ ފީފާ އާއި ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މެޗުގެ މައިގަނޑު މައްސަލައަކަށްވީ، މިސްރުން ލަނޑެއް ޖަހައި 2-0 އިން ކުރި ހޯދާފައިވަނިކޮށް، ވީއޭއާރް ބެލުމަށްފަހު އެ ލަނޑު ކެންސަލް ކުރުމެވެ. ރެފްރީ އެ ލަނޑު ކެންސަލްކުރީ، ލަނޑު ޖެހިތަނާ ދިމާ އިދިކޮޅު ފަޅީގައި (ގާތްގަނޑަކަށް 100 ޔާޑު ދުރުގައި) އާޖެންޓީނާގެ ކުޅުންތެރިޔަކަށް މިސްރުގެ ކުޅުންތެރިޔަކު ފައުލްކުރި ކަމަށް ނިންމުމަށްފަހުއެވެ. މި ނިންމުމަށް ފޮކްސް ސްޕޯޓްސްގެ ކޮމެންޓޭޓަރުންވެސް ފާޑުކިޔާފައިވެއެވެ.

މި މެޗުގައި މިސްރުން އިތުރު ލަނޑެއް ޖާހާ މެޗުގެ ލީޑު ނެގި ނަމަވެސް މެޗުގައި ސުވާލު އުފެދޭ ފަދަ އެތައް ނިންމުންތަކެއް ރެފްރީގެ ފަރާތުން ފެނުނެވެ. އޭގެ ތެރޭގައި އެ ޓީމުގެ ތަރި މުހައްމަދު ސަލާހަށް ކުރި ފައުލަކާ ގުޅިގެން ލިބެންޖެހޭ ޕެނަލްޓީއެއް ނުދީ ދޫކޮށްލުން ހިމެނެއެވެ.

މެޗގެ ފުރަތަމަ ހާފްގައި 2-0 ގެ ނަތީޖާއިން މިސްރު ކުރީގައި އޮތް ނަމަވެސް އާޖެންޓީނާއިން ފަހަތުން އަރައި 3 ލަނޑު ޖަހައި މެޗު ކާމިޔާބުކުރިއެވެ. މެޗަށްފަހު ދިން އިންޓަވިއުތަކުގައި ކޯޗު ހުސާމް ހަސަން ބުނީ “އަހަރެމެންނަށް އެއްވެސް އިހްތިރާމެއް ނުވަތަ ފެއާ ޕްލޭއެއް ފެނިފައެއް ނުވޭ. އަހަރެމެންނަށް ލިބެންޖެހޭ ޕެނަލްޓީއެއް ވީއޭއާރްއިން ނުވެސް ބަލާ. މިއީ އާޖެންޓީނާއަށް ހައްގު މޮޅެއް ނޫން.”

ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ބޭތިއްބުމަށާއި، ލިއޮނަލް މެސީ މުބާރާތުން ބޭރުވިޔަނުދޭން ރެފްރީންނަށް ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ތުހުމަތުކުރިއެވެ. މި މެޗާ ގުޅޭ ގޮތުންގެ ސްރުގެ ފޯވާޑް މުސްތަފާ ޒިކޯ ބުނި ގޮތުގައި މިއީ ކުރިންސުރެ ރާވައިގެން އާޖެންޓީނާ މޮޅުކޮށްދޭން ކުޅުނު މެޗެކެވެ.