English Edition
Dhivehi Edition

ކެންސަރު ބައްޔަށް މީހުން ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއް ހުޅުމީދޫ ޝަމްސުއްދީން ސްކޫލާއި ސ. އަތޮޅު މަދުރަސާގައި ބާއްވައިފިއެވެ.

މިއީ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން ބޭއްވި މި މިހަރަކާތުގައި ދެ ސްކޫލްގެ އިސްވެރިންނާއި، ޓީޗަރުންނާއި، ބެލިވެރިންނާއި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަމްސުއްދީން ސްކޫލުން ހިނގާލުމެއް ބޭއްވި އިރު ސ.އަތޮޅުމަދަރުސާއިން ވަނީ ކަސްރަތު ގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ.

އިއްޔެ ބޭއްވި މިދެ ހަރަކާތުގައި ވަނީ ކެންސަރު ބައްޔަކީ ކޮބައިކަމާއި، ކެންސަރު ބަލި ދެނެގަންނާނެ ގޮތާއި އެބަލީގެ ނުރައްކަލާއި ބަލިން ދިފާއު ވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި، ބެލެނިވެރިނަށް ދީފައެވެ.

ދުނިޔޭގެ ކެންސަރު ދުވަހަކީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ.

ޓެގު