އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަން ކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަކީލްއަށް ރުހުންދޭ ފެންނަ ކަމަށް 51 މެމްބަރުން، ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރުކަމުންނާ، ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.