English Edition
Dhivehi Edition
ނޫސްވެރިން އިހުތިޖާޖުކުރަނީ- / ފޮޓޯ: މިހާރު

އަދަދު ނޫހުން ދެއްކި ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، ހައިކޯޓަށް ހުށަހެޅި މައްސަލަ މިއަދު ހެނދުނު ފަށަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

އެ މައްސަލަ ހައި ކޯޓުގައި އެންމެ ފުރަތަމަ އިސްތިއުނާފްކުރަން ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިންނެވެ. ނަމަވެސް ހައިކޯޓަށް އެމްޖޭއޭއިން ހުށަހެޅި މައްސަލަ އިސްތިއުނާފްކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ބޭރުކޮށްލުމާއެކު، މައްސަލަ ރައްދުވި އެކަކު ކަމަށްވާ އަދަދުގެ ސީއީއޯ ހުސެން ފިޔާޒު މޫސާގެ ފަރާތުން އަލުން އެ މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިއްރުކޮށްގެންނެވެ.

މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ:

  • ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް
  • ފަނޑިޔާރު ހުސެއިން މަޒީދު
  • ފަނޑިޔާރު ފާތިމަތު ފަރުހީޒާ

މި މައްސަލައިގެ ތެރެއަށް ބާ ކައުންސިލުން ވެސް ވަނީ ތަދައްހުލުވެފައެވެ. ކްރިމިނަލް ކޯޓުން ނެރުނު މި ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ “އަދަދު” ނޫހުގެ ދެ ނޫސްވެރިއަކު މީގެ ކުރިން ޖަލަށްލާފައިވެއެވެ. އެކަމާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.