English Edition
Dhivehi Edition
ޢަބްދުﷲ ސާދިގު (ސޯބެ)

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރައްވާ، މެންބަރުކަމުގެ ހުވާ އަބްދުﷲ ސޯދިގު (ސޯބެ) ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޯބެ ވަނީ މެންބަރުކަމުގެ ގާނޫނީ ހުވާ ކުރައްވައި، އިގުރާރުގައި ސޮއިކުރައްވާފައެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ ކާމިޔާބު ކުރެއްވީ ވާދަވެރި ކެމްޕޭނަކަށް ފަހު 62 ވޯޓުގެ ތަފާތުންނެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ސޯބެއަށް 1,375 ވޯޓު ލިބިވަޑައިގަތްއިރު، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީގެ މެންބަރު އަހުމަދު ސިنانގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލުމުންނެވެ.

މަޖިލީހަށް އަލަށް އިންތިހާބުވެވަޑައިގަތް ސޯބެއަކީ މީގެ ކުރިން 10 އަހަރު ދުވަސް ވަންދެން (2011 އިން 2021 އަށް) އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ.