English Edition
Dhivehi Edition
- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ޑޮލަރު ޑެބިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ކޮންމެ ހަފްތާއަކު 1000 އެމެރިކާ ޑޮލަރު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ޖުމްލަ 7 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަން މިއަދުން ފެށިގެން ކުރިއަށް އޮތް ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 1,000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ގޮތް:

  • އަލަށް ކާޑަށް އެދުން: ބޭންކުން އަލަށް ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އެދި ހުށަހެޅުން.
  • މުއާމަލާތް ކުރުން: އެ ކާޑު ބޭނުންކޮށްގެން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތެއް ހިންގުން.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ރާއްޖޭން ބޭރުގެ އެކި ވެބްސައިޓްތަކުން ވިޔަފާރިކުރުމާއި، އޮންލައިން ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި، ދަތުރުފަތުރުގެ ޓިކެޓް ނެގުމުގެ އިތުރުން އެކި ކަހަލަ ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާ ދައްކައިގެންވެސް މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ.

ބީއެމްއެލްގެ ޑޮލަރު ޑެބިޓް ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުން ސީދާ މުއާމަލާތް ކުރެވޭ ގޮތަށް، ބޭރު ފައިސާގެ މުއާމަލާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ފަރުމާކޮށްފައިވާ ކާޑެކެވެ.