English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ހުޅުމާލޭގައި ހިންގަމުންދާ ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތްކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ހުޅުމާލޭގައި ހިންގަމުންދާ ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައި އެތަނުގެ ޚިދުމަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައިފިއެވެ. އޮރެންޖު ހިޔާގައި ހުންނަ “ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް” ކުރެއްވި މި ޒިޔާރަތުގައި، ބަލިމީހުންނާއި ލޭ ހަދިޔާކުރާ ފަރާތްތަކަށް ޚާއްސަ ވޯޑުތަކުގެ އިތުރުން ލެބޯޓްރީއާއި ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ރައީސްގެ ދެކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ ތެލެސީމިއާ ބަލިމީހުންނާއި އެ އާއިލާތަކަށް ބޭނުންވާ ސިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ސަރުކާރުން އަންނަނީ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާއާއި، މާލީ އެހީތެރިކަން އަދި އެކަމާ ގުޅޭ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުންނަށް މި ސެންޓަރުން މަރުޙަބާ ދެންނެވީ ހެލްތު މިނިސްޓަރު ގީލާ ޢަލީ އާއި މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މި ޒިޔާރަތުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.