ފުލުހުންނާ އެއްކޮށް ކޮފީއަށް” މި ނަމުގައި އައްޑޫ ސިޓީ ގަން ޕޮލިހުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ޖޫން 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، އެ ކަންބޮޑުވުންތައް ހައްލުކުރުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދައި، ރަށްރަށުގެ އާންމު ހާލަތާ ގުޅޭގޮތުން ވެސް މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވިފައިވެއެވެ.
މީގެ އިތުރުން، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް ވާހަކަދެކެވިފައިވެއެވެ.
މި ހަރަކާތަށް މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ފުލުހުން ބުނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުށް މަދުކުރުމަށާއި، އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.