English Edition
Dhivehi Edition

މޯލްޑިވިއަންގެ އެއާލައިނުން މިއަދު ހެނދުނު އައްޑޫއަށް އައި ކޮންމެ ފަސިންޖަރަކަށް އެސްޓީއޯއިން އީދު ހަދިޔާއެއް ދީފިއެވެ. ފިތުރު އީދު ދުވަހާ ގުޅުވައިގެން އެސްޓީއޯއިން ދިން ހަދިޔާތަކުގެ ތެރޭގައި މައިކްރޯވޭވް އާއި އަވަނާއި މިނި ފްރިޖް އަދި މިކްސަރ ، ކަރަންޓް ބުރުމާ ފަދަ އިލެކްޓްރޯނިކް ސާމާނާއި ގިފްޓް ޕެކް ފަދަ ތަކެތި ހިމެނެއެވެ. މިއަދު ހެނދުނު އެންމެ ފުރަތަމަ އަށް ގަމުގެ ވައިގެ ބަނދަރަށް ޖެއްސި މި ފްލައިޓުުން ދަތުރު ކުރި ފަސިންޖަރުން ބުނީ އެސްޓީއޯއިން ދިން ސަޕްރައިޒުގެ ސަބަބުން ވަރަށް ބޮޑަށް އުފާވިކަމަށެވެ. “ބޯޓު ގަމަށް ޖައްސަން އުޅެނިކޮށް އިއުލާނުކުރީ ކޮންމެ ފަސިންޖަރަކަށް އެސްޓީއޯގެ ހަދިޔާއެއް ލިބޭނެ ކަމަށް. އަދި ލަގެޖް ބެލްޓުން އެ މީހެއްގެ ނަން ޖަހާފައިވާ ހަދިޔާ ނެގުމަށް ބުނި. ވަރަށް ސަޕްރައިޒްވި. ލިބޭނީ ކޮން ކަހަލަ ހަދިޔާއެއް ކަމެއްވެސް ނޭނގޭތީ އެންމެން ތިބީ އަވަހަށް ބޯޓުން ފައިބާ ހިތުން” އެސްޓީއޯގެ ރޯދަ ހަދިޔާއަކަށް މައިކްރޯވޭވް އެއް ލިބުނު ޒުވާން އަންހެން ކުއްޖަކު ކިޔައިދިނެވެ. އެސްޓީއޯގެ އީދު ހަދިޔާ އާއި އެކު ޑޮމެސްޓިކް ޓާމިނަލް އިން ނިކުތް ދަތުރުވެރިން ތިބީ، ހީވެސް ނުކުރާފަދަ ގޮތަކަށް މިފަދަ ހަދިޔާތަކެއް ލިބުމުން ވަރަށް އުފަލުންނެވެ.