English Edition
Dhivehi Edition
މީރާ

މިދިޔަ މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ 5.8 ޕަސަންޓު ދަށްވެއްޖެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީރާއިން ބުނި ގޮތުގައި އެ މަހު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 2.05 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށާއި، މިއަހަރަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ވެސް މަދު އަދަދެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު 19.5 ޕަސަންޓު ދަށްވުމެވެ. ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ޖީއެސްޓީ، ބިމު ކުލި އަދި ބިދޭސީންގެ ކޯޓާ ފީއިން ލިބޭ އާމްދަނީއަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. މެއި މަހުގެ އާމްދަނީގެ ތެރޭގައި 88.54 މިލިއަން ޑޮލަރު ހިމެނޭކަމަށް މީރާއިން ބުނެފައިވެއެވެ.

މެއި މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެ ބައިން އެކަނި ވެސް 1.15 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މީރާއިން އަންދާޒާކުރި ގޮތުގައި މެއި މަހުގެ އާމްދަނީ 0.3 ޕަސަންޓު ދަށްވާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، ހަގީގަތުގައި އާމްދަނީ ދަށްވި މިންވަރު އެއަށް ވުރެ އިތުރުވެފައިވެއެވެ.