English Edition
Dhivehi Edition
ރައީސް މުއިއްޒު އާއި ފީފާގެ ރައީސް

އަންނަ ވޯލްޑްކަޕް މެޗުތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށް ދަންނަވައިފިއެވެ.

މިކަން ހާމަކުރެއްވީ ސަރުކާރުން މިއަދު އާންމުކުރި “ފީފާ 101 ވިތް ޕްރެޒިޑެންޓް” ނަމަކަށް ކިޔާ ހާއްސަ ވީޑިއޯއެއްގައެވެ.

ވޯލްޑްކަޕްގެ ފޯރި ރާއްޖޭގައި އިތުރުކުރުމުގެ ގޮތުން ރައީސް ވަނީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑުންނަށް ހަދިޔާކުރާ ބޯޅަތަކެއްގައި ސޮއިކުރައްވާފައެވެ. އެ ވީޑިއޯގައި ރައީސް ވިދާޅުވީ ވޯލްޑްކަޕް މެޗުތައް ބައްލަވާނެ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ މަސައްކަތްޕުޅުތައް ހުންނަ ގޮތުން ހުރިހާ މެޗެއް ނުބެލިދާނެ ކަމަށެވެ. އެގޮތުން މެޗުތައް އޮންނަ ވަގުތުތަކާއި އެމަނިކުފާނުގެ ޝެޑިއުލް ފުށޫއަރާފާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަހަރުގެ ވޯލްޑްކަޕް މެޗުތައް އޮތީ ހެނދުނު އޮފީހަށް އަންނަ ވަގުތުތަކާއި ދަންވަރު ވެސް ހިމެނޭ ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ބައެއް މެޗުތައް ނުބެލުނު ނަމަވެސް، ވޯލްޑްކަޕްގެ ފޯރި އެމަނިކުފާނު ވެސް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ވޯލްޑްކަޕްގައި އާޖެންޓީނާއަށާއި އިނގިރޭސިވިލާތަށް ތާއީދު ކުރައްވާކަން ވެސް މި ވީޑިއޯގައި ހާމަކުރައްވާފައެވެ.