English Edition
Dhivehi Edition
ފުލުހުންނާއި ސިފައިން: ފޮޓޯ ފުލުހުން

ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ އާ ގަވާއިދު ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފަށައިފިއެވެ.

ޖޫން 9، 2026 ގައި ގެޒެޓްކުރި މި ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011/17) ގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ސަބަބުން މަސްތުވާތަކެތީގެ ތަހުގީގުތައް ހަރުދަނާވެ، އިޖުރާއަތްތައް ހިންގުމުގައި ތަހުގީގުކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

  • ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުން: މި ގަވާއިދުގެ ދަށުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރިކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ކުޑަވެގެން ދިއުމެވެ.
  • ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް: ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. ކޮންމެ އޮޕަރޭޝަނަކަށް ވެސް ވަކިވަކިން ހުއްދަ ހޯދަންޖެހެއެވެ.
  • އޮޕަރޭޝަންތަކުގައި ސަބްސްޓިޓިއުޓް ބޭނުންކުރުން: މިފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް (ސަބްސްޓިއުޓެއް) ބޭނުންކުރުމާއި، އޮޕަރޭޝަން ކުރިއަށް ގެންދިއުމާއި މެދުކަނޑާލުމުގެ ސާފު އުސޫލުތައް ވަނީ ކަނޑައެޅިފައެވެ.
  • ތަހުލީލު ކުރުމުގެ ފުރުސަތު: ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގެ އިތުރުން، އެހެން ލެބޯޓްރީއަކުން ސާމްޕަލް ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތު ސާމްޕަލް ދޭ ފަރާތަށް ގާނޫނުގައިވާ ގޮތުގެ މަތިން ލިބިގެންވެއެވެ.

“މި ގަވާއިދުގެ ސަބަބުން، މަސްތުވާތަކެތީގެ ތަހުގީގުތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމަށް ހުއްދަ ހޯދުމާއި، ހުއްދަ ދިނުމާއި، އެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތާއި، ބަލަހައްޓާނެ ގޮތުގެ އިތުރުން ރިޕޯޓްކުރާނެ ސާފު އުސޫލުތަކެއް ގާއިމުވެގެންދާނެ،” – މޯލްޑިވްސް ޕޮލިސް ސާވިސް

މި ގަވާއިދަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ބާރެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

 

 

 

 

މީގެ އިތުރުން، މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި، ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ބާރެކެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ.

 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.