English Edition
Dhivehi Edition
އެމްޑީޕީގެ މެމްބަރުން އައްޑޫސިޓީގައި ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، 62 ވޯޓުގެ ތަފާތުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ މޭޔަރު އަބްދުއްލާ ސޯދިގު (ސޯބެ) ވަނީ ކާމިޔާބު ކުރައްވާފައެވެ. މި ކާމިޔާބީއާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 13 އަށް އިތުރުވެފައިވާއިރު، ވެރިކަންކުރާ ޕީއެންސީގެ 74 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.

ނަތީޖާއާ ގުޅިގެން ޕީއެންސީގެ އިސްވެރިން ވިދާޅުވަނީ އިންތިހާބުން ނާކާމިޔާބުވީ ނަމަވެސް، މިއީ އެމްޑީޕީގެ މަގުބޫލުކަން އައްޑޫގައި ނެތްކަން ހާމަވި ކަމެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ޕީއެންސީގެ ކެނޑިޑޭޓް އަހްމަދު ސަޢީދަށް ވޯޓްދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުން، އައްޑޫގައި ބެހެއްޓި ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ. އަދި 2028 އަށް ރައީސް މުއިއްޒާ އެކު އަމާޒު ހިފައިގެން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާ ނިމުމަކަށް އައިސްފައިވާ ކަމަށެވެ.. އަދި ޖުމްލަ 7 ވޯޓު ފޮށީގެ ތެރެއިން 4 ފޮށިން ޕީއެންސީ ކުރި ހޯދުމަކީ ރައީސް މުޢިއްޒަށް އޮތް އިތުބާރު ހާމަވާ ކަމެއް ކަމަށާއި، 2028 ގައި އައްޑޫ ވާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާހުވަނީ އެމްޑީޕީގެ މުޅި ލީޑަޝިޕާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ވެސް، އައްޑޫގައި ބެހެއްޓި ފޮށިތަކުން ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ބަލިވެފައިވާކަމަށް ވިދާޅުވެފައެވެ.