English Edition
Dhivehi Edition

މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މަސްދޯންޏަކުން މަހަށް ނިކުތް މީހަކު ގެއްލިގެން އުޅޭ ކަމަށް ފަތިހު 05:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށާއި މިހާރު އެ މީހާ ގދ. ގައްދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އޭޝިޔާ / ގދ.ގައްދޫ، އިސްޙާޤު ރަޝީދު (44އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ