ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ “ޓުއަރ ގާރޑް” ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެ، އެމްއެންޑިއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި ހާދިސާ ހިނގުމާއެކު އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމްއެންޑިއެފުން މައުލޫމާތުދެއެވެ. އަނިޔާވި ދެ މީހުންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.