English Edition
Dhivehi Edition
މޫސުން ގޯސް ދުވަހެއްގައި ފުރަންގޮސް ތިބި ބައެއް

މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ޢީދު ބަންދަށްފަހު އޮފީސްތަކާއި ސްކޫލުތައް މާދަމާ ހުޅުވޭއިރު، ޗުއްޓީއަށްފަހު އެނބުރި ރަށްރަށަށާއި މާލެއަށް ދަތުރުކުރާ މީހުންގެ އަދަދު މި ދުވަސްވަރު ވަރަށް ގިނައެވެ. މި ދަނޑިވަޅުގައި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް އިސްކަންދިނުން ވަރަށް މުހިންމެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އެހެންކަމުން، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި، އުޅަނދުތަކުގައި ލައިފް ޖެކެޓް ފަދަ ރައްކާތެރިކަމުގެ ސާމާނު ހަމައަށް ހުރިތޯ ޔަގީންކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގު