English Edition
Dhivehi Edition
މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅު: ފޮޓޯ މި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މިފްކޯގެ ޚާއްޞަ ފިހާރައެއް ހުޅުވުމަށް ނިންމާފައިވާކަން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މި ފިހާރަ ހުޅުވި، މިފްކޯގެ ހުރިހާ އުފެއްދުންތަކެއް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފްކޯގެ އުފެއްދުންތައް އައްޑޫގެ އެއްފަސްވެފައިވާ ރަށްތަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދިވަޑައިގެންނެވި އެދުމަކާ ގުޅިގެންނެވެ.

“އައިސްޕްލާންޓް މެދުވެރިކޮށް މަސްދަޅާއި، ވަޅޯމަހާއި ރިހާކުރު ފަދަ ތަކެތި މިހާރުވެސް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައި. ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިފްކޯގެ ހުރިހާ ބާވަތެއް ލިބޭނެ ފިހާރައެއް ހުޅުވިގެންދާނެ.” — މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

މީގެ އިތުރުން މިނިސްޓަރު ވަނީ އައްޑޫ ސިޓީގެ މަސްވެރިންނަށް ތެޔޮ ހޯދުމުގައި ހުރި ދަތިތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހިތަދޫ އައިސްޕްލާންޓާ އިންވެގެން އޮތް ބިން ކައުންސިލުން ހަމަޖައްސައިދީފިނަމަ، އެ ސަރަޙައްދުގައި އެސްޓީއޯގެ ފިއުލް ޝެޑެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކުގެ ސަބަބުން އައްޑޫ ސިޓީގެ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.