ވ. އަތޮޅު ކައިރިއަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންގެ މީހަކު މިއަދު ނިޔާވެއްޖެއެވެ.
މިއަދު ހިންގި މި ނުރައްކާތެރި ހައި-ރިސްކް އޮޕަރޭޝަނުގައި ކަނޑުގެ އަޑިއަށް ޑައިވްކޮށް އުޅުމުގެ ތެރޭގައި ހާލު ދެރަވެގެން ކުއްލި ފަރުވާއަށް މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އެވެ.
ވ.އަތޮޅު ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ޑައިވަރުން ގެއްލުމާ ގުޅިގެން، ކޯސްޓްގާޑުން ދަނީ އެ ސަރަހައްދުގައި ހުއްޓުމެއްނެތި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ.