ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ .ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ
އެމްއެންޑީއެފުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގެއްލިފައިވާ ޑައިވަރުން ހޯދުމުގެ މަސައްކަތަށް މިއަދު ކަނޑުގެ އަޑިއަށް ޑައިވްކުރި .ސިފައިންގެ މީހަކަށެވެ. ޑައިވް ކުރުމުގެ ތެރޭގައި އޭނާގެ ހާލު ދެރަވުމާ ގުޅިގެން، ކުއްލި ފަރުވާއަށް ވަނީ މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ
ވ.އަތޮޅު ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ޑައިވަރުން ގެއްލުމާ ގުޅިގެން، ކޯސްޓްގާޑުން ދަނީ އެ ސަރަހައްދުގައި ހުއްޓުމެއްނެތި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ. ނަމަވެސް، ހާލު ދެރަވި ސިފައިންގެ މީހާއަށް ދިމާވި ސިއްހީ މައްސަލައިގެ އިތުރު ތަފްސީލެއް އަދި އޭނާގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން އެމްއެންޑީއެފުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ