English Edition
Dhivehi Edition

މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް އެކަކު މަރުވެ، ގިނަ ޑައިވަރުންތަކެއް ގެއްލުނު ހާދިސާއާ ގުޅިގެން އެ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ސަސްޕެންޑުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 2010 ވަނަ އަހަރު ބަން “އެމްވީ ޑޫކް އޮފް ޔޯކް”ގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.މިނިސްޓްރީގެ ޕޯޓަލް އިން ދައްކާގޮތުން 12 ކޮޓަރީގެ ޑޫކް އޮފް ޔޫކްގެ ވެރިފަރާތަކީ އަބްދުލް މުހުސިން މޫސާ ނަމަކަށް ކިޔާ ބޭފުޅެކެވެ. އެ ސަފާރީ އޮޕަރޭޓްކުރަނީ މުހުސިން އަދި އިބްރާހިމް ރަޝީދުގެ ހިއްސާ އޮންނަ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަނީ އިޓަލީގެ ފަސް މީހުންނެވެ. އެއީ ހަތަރު ޓޫރިސްޓުންނާއި އެ ސަފާރީގެ ޑައިވިން އިންސްޓްރަކްޓަރެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުއަޑީގައި އޮތް ބޮޑު ހޮހޮޅައެއްގެ (ކޭވް) ތެރެއިން ކަމަށްވާއިރު، ގެއްލުނު އަނެއް ހަތަރު ޑައިވަރުންވެސް ވީކަމަށް ބެލެވެނީ ގާތްގަނޑަކަށް 200 ފޫޓު ދިގު މި ހޮހޮޅައިގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި “ހައި ރިސްކް” އޮޕަރޭޝަނެކެވެ