ރައީސް ޔާމީން އަޒުލްކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ތަބާނުވުމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސިފައިންނާއި ފުލުހުންނަށް އިލްތިމާޒްކޮށްފިއެވެ
ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވިދާޅުވެ އިނިލް ވިދާޅުވީ އެފަދަ އަމުރެއް ސުޕްރީމް ކޯޓަށް ނުނެރެވޭނެ ކަމަށެވެ. އަދި އެ އިހުތިސޯސް ކޯޓަށް ނެތް ކަމަށާއި ސަލާމަތީ ބާރުތަކުން އެފަދަ އަމުރަކަށް ބޯ ނުލެބުމަށް އޭޖީގެ ހައިސިއްޔަތުން އަންގާފައިވާ ކަމަށެވެ
މި މައްސަލަ އާއި ގުޅިގެން ސިފައިންގެ ޖެނެރަލް ޝިޔާމް ވިދާޅުވީ ދިވެހި އަސްކަރިއްޔާއިން މަސައްކަތް ކުރާނީ އޭޖީގެ ލަފާގެ މަތިން ކަމަށާއި ރައީސް އަޒުލް ކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ސިފައިން ތަބާނުވާނެކަމަށެވެ. މީގެ އިތުރުން ޖެނެރަލް ޝިޔާމް ވިދާޅުވީ ގައުމު ކްރައިސިސް އަކަށް ދާން ދޫކޮށްލައިގެން ނުތިބޭނެ ކަމަށެވެ