English Edition
Dhivehi Edition
ކޮޅުފުށީގައި ކުރިއަށްދިޔަ ޒުވާނުންގެ ފޯރަމްގެ ތެރެއިން. ފޮޓޯ: ހޯމް މިނިސްޓްރީ

އައްޑޫ ސިޓީގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ބާއްވާ “އައްޑޫ ބިޒްނަސް ޑައިލޮގް” މި ހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީންމައުލޫމާތު ދޭގޮތުގައި، މިއީ އައްޑޫގެ ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ ތަސައްވުރު ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާ ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި ޑައިލޮގްގައި އައްޑޫގެ ވިޔަފާރި މާހައުލުގައި ހުރި ހުރަސްތައް ނައްތާލައި، އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމެވެ. ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ ގިނަ ވުޒާރާތަކެއް މި ޑައިލޮގްގައި ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އައްޑޫ ސަރަހައްދު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 3 އަހަރުގެ ހާއްސަ އިނާޔަތްތަކާއި، އައްޑޫއަކީ “އައިޓީ ހަބެއް” ގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢަށް މި ފޯރަމްގެ ސަބަބުން މަގުފަހިވާނެއެވެ.

ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒު ވިދާޅުވީ، މި ފޯރަމަކީ ހަމައެކަނި މަޝްވަރާކޮށްލުމަށް ބާއްވާ ބައްދަލުވުމެއް ނޫން ކަމަށާއި، މިތަނުން ނިންމާ ނިންމުންތައް ކަރުދާހެއްގެ ސިފައިގައި ކެބިނެޓަށް ހުށަހަޅާނެ ކަމަށެވެ. މީގެ ސަބަބުން، ކަނޑައެޅޭ ސިޔާސަތުތަކަކީ ވިޔަފާރިވެރިންނަށް “ބީރަށްޓެހި” ނޫން، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ސިޔާސަތުތަކަކަށް ވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން، އައްޑޫގައި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.