English Edition
Dhivehi Edition
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް - ފޮޓޯ: އަޙްމަދު ޝުރާޢު (އަވަސް)

ފަހި ދިރިއުޅުން ކޯޕަރޭޝަން، (އެފްޑީސީ)ގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ޑޮކިއުމަންޓްތައް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ފްލެޓުތަކުގައި ދިރިއުޅޭ މީހުން ރަށްވެހިކަން އެފްލެޓްތަކަށް ބަދަލުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެކުންފުނިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފައިވާއިރު ހަމްދާން ވިދާޅުވީ ފްލެޓު ލިބުނު މީހުންގެ ތެރެއިން އެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން އެދޭނަމަ އެކަމަށް ބޭނުންވާ ހުރިހާ ލިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަގުޗާޓާއި އެއްގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމެންޓެއް ހުށަނާޅާ އޮންލައިންކޮށް ވަން ކްލިޕް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށް ހަމްދާން ވިދާޅުވިއެވެ.

އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް އިދާރީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެކަން ފާހަގަކުރައްވަމުން ހަމްދާން ވިދާޅުވީ މިކަމުގައި ލުއިފަސޭހަ ގޮތްތަކެއް ސިޓީ ކައުންސިލުން ހަމަޖައްސައިދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.