ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރާއި ދެވަނަ ދައުރަށް ހުށަހެޅުމަށްޓަކައި 12 ބިލެއްގެ މަސައްކަތް ސަރުކާރުން ނިންމާފައިވާކަން ބަންޑާރަނައިބު އަޙްމަދު އުޝާމް ވަނީ އިއުލާން ކުރައްވާފައެވެ. މި ބިލުތަކުގެ ތެރޭގައި ޑިޖިޓަލް ޒަމާނަށް ރާއްޖެ ފައްކާކުރުމަށާއި، އާންމުންގެ ރައްކާތެރިކަމަށް މުހިންމު ބިލުތަކެއް ހިމެނެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު: މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކާ ގުޅިގެން ގެންނަންޖެހޭ ބަދަލުތައް.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލުން.
ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ބިލް
މީގެ އިތުރުން އިމިގްރޭޝަން ގާނޫނާއި ފަޅުރަށްތަކާ ބެހޭ ގާނޫނު މުރާޖައާކޮށް އައު ގާނޫނުތަކެއް ހުށަހެޅުމަށާއި، ތަޢުލީމީ ގަނޫނަށް އިސްލާހު ގެނައުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.