English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ އަހަރެންގެ ބޭންކް ކެމްޕޭންގެ ދަށުން އިންސްޓަގްރާމް ފޮޓޯ މުބާރާތް އިފްތިތާހްކޮށްފި އެވެ

އިއްޔެ ހަވީރު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް އިފްތިތާހްކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ. މިމުބާރާތާއި ބެހޭ ގޮތުން ބީއެމްއެލް އިން ބުނެފައިވަނީ މި މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ބީއެމްއެލް އާއި އާންމުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ކަމުގައެވެ

އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޗެލެންޖުގައި 25000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މި މުބާރާތުގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯތަށް ނަގައި “#އަހަރެންގެރާއްޖެ” ޓެގްކޮށް އިންސްޓްގަރާމުގައި ޕޯސްޓް ކުރަމުން ދިއުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޗެލެންޖުގައި 25000 ރުފިޔާގެ އިނާމްގެ އިތުރުން، އިތުރު ފަސް ފަރާތެއްވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ

އިންސްޓަގްރާމް ޗެލެންޖުގައި އެންމެ ރީތި ފޮޓޯތައް ހާއްސަ ޕެނަލަކުން ހޮވުމަށް ހަމަޖެހިފައިވާއިރު މި ޕެނަލުގައި ފޮޓޯގްރަފީ ދާއިރާގެ ތަޖުރިބާކާރުން ވެސް ހިމެނިގެންދާނެއެވެ