English Edition
Dhivehi Edition
ބީއެމްއެލް އިން މާލޭގައި ޤާއިމްކޮށްފައިވާ ޑޮލަރު އޭޓީއެމްއެއް - ފޮޓޯ: ސަން

ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކޮންމެ ތަނަކު ހުރެގެން ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، އެ ބޭންކުގެ ޒަކާތް ޕޯޓަލް މެދުވެރިކޮށް ޒަކާތް ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް ދެއްކޭނެކަމަށެވެ. އަދި އެ ލިންކު މެދުވެރިކޮށް ބީއެމްއެލް ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ އޭޕްރިލް 6 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ބީއެމްއެލް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެކަމަށެވެ.