English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޭން ޓު ޕޭ ބޭނުންކޮށްގެން އަގުހުރި އިނާމްތަކެއް ލިބޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ މޯބައިލް އެޕްގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައިވަނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުއާރް ކޯޑު ބޭނުން ކުރެވޭނެ ކަމަށެވެ.

8 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އިނާމްތަކުގެ ތެރޭގައި ހިމެނެނީ:

  • ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީ
  • ހިޓާޗީ އައިސްއަލަމާރި
  • ޕްލޭސްޓޭޝަން 5
  • މައިކްރޯވޭވް އަވަން އަދި އެއާ ފްރައިއާ

ބީއެމްއެލް އިން ބުނީ ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.