English Edition
Dhivehi Edition
ބީއެމްއެލް ވެލިދޫ ބްރާންޗް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު ދިހަ ދުވަހު ވެސް ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައެވެ.

ބީއެމްއެލުން ވަނީ އަންނަ ރަމަޟާން މަހު އެ ބޭންކުން ހިދުމަތް ދޭނެ ގަޑިތައް ވަނީ އާންމުކޮށްފައެވެ.

  • ރަމަޟާން މަހާއި (ފަހު 10 ފިޔަވައި) ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަސް: ހެނދުނު 9:30 އިން މެންދުރު 12 އަށް
  • ރަމަޟާން މަހުގެ ފަހު 10 ދުވަސް: ހެނދުނު 10 އިން މެންދުރު 12 އަށް

ބީއެމްއެލް އިން ބުނީ ރަށްރަށުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ސެންޓަރުތައް މެދުވެރިކޮށް ފައިސާ ނެގުމާއި، ފައިސާ ޖަމާކޮށް ފޮނުވުމުގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށާއި، ރަށްރަށުގައި ތިބި ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ލިބޭނެކަމަށެވެ.

ރަމަޟާން މަސް ފިޔަވައި އާންމު ގޮތެއްގައި ބީއެމްއެލް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2 ޖަހަންދެނެވެ.