އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ބަހައްޓާނެ ވޯޓުފޮށިތަކުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމުކޮށްފައެވެ.
މި އިންތިހާބުގައި ޖުމްލަ 7 ވޯޓުފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގައި ބަހައްޓާ 5 ފޮއްޓާއި މާލޭގައި ބަހައްޓާ 2 ފޮއްޓެވެ.
އައްޑޫ ސިޓީ (ހިތަދޫ): ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލްގެ ހޯލާއި އެ ސްކޫލްގެ ބައެއް ކްލާސްރޫމްތަކުގައެވެ.
މާލެ ސަރަޙައްދު: މާލޭގައި ދިރިއުޅޭ މި ދާއިރާގެ ރައްޔިތުންނަށް ވޯޓުލުމަށް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ ދެކުނު އިމާރާތުގައެވެ.