English Edition
Dhivehi Edition
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ތެރެއިން: ފޮޓޯ އީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން (އީސީ) އާންމުކޮށް ރަޖިސްޓަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގެ ވޯޓާސް ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މޭ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 އަށެވެ. ޝަކުވާ ބަލައިގަންނަން ފަށާނީ މޭ 20 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެންނެވެ.

ރަޖިސްޓަރީ ޗެކްކުރާނެ ގޮތް:

  • ވެބްސައިޓް މެދުވެރިކޮށް: އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ވެބްސައިޓް ނުވަތަ އޮންލައިން ރަޖިސްޓަރީ ޕޯޓަލް އިން ޗެކްކުރެވޭނެއެވެ.
  • އެސް.އެމް.އެސް މެދުވެރިކޮށް: VR [space] IDNO ޖެއްސެވުމަށްފަހު 1414 އަށް މެސެޖު ކުރެއްވުމުން ޗެކްކުރެވޭނެއެވެ.

އީސީން ބުނީ މި މުއްދަތުގެ ތެރޭގައި ހުށަހެޅޭނީ ހަމައެކަނި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތާ ގުޅޭ ޝަކުވާތައް އެކަނި ކަމަށެވެ. އަދި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ އޮންލައިންކޮށް، ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށް ކަމަށެވެ.