English Edition
Dhivehi Edition

މީޑިއާ ކުށްވެރިކުރެއްވުމުގެ ބަދަލުގައި އަމަލުފުޅުތައް އިސްލާހުކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.

އަދަދު ނޫހުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ރޭ ފުލުހުން ވަނީ އަދަދު ނޫސް އިދާރާއަށް ވަދެ ބަލާ ފާސްކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ.

އެ މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން މިއަދު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވަނީ މީޑިއާ ކުށްވެރި ނުކުރައްވާ، އަމަލުތައް އިސްލާހުކުރައްވަން ގޮވާލައްވާފައެވެ.

1 ކޮމެންޓް
Aas
އޭޕްރީލް 28, 2026
Kaley meehunah naseyhah lai dheynee Kaley islaahu vefa ey