English Edition
Dhivehi Edition
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ/ އެމްޑީޕީ

“އަދަދު” ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ތަން ފާސްކުރުމަކީ މިނިވަން މީޑިއާތަކަށް ބިރުދެއްކުން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

‘އައިޝާ’ ގެ ނަމުގައި އަދަދު ނޫހުން ގެެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ފާސްކޮށް ބައެއް ތަކެތި ވަނީ ގެންގޮސްފައެވެ. އެކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިނިވަން މީޑިއާތަކަށް ބިރުދެއްކުމަށް ސަރުކާރުން ކުރާ މި މަސައްކަތަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް އޮތް ހައްގަށް ދިން ސީދާ ހަމަލާއެއް ކަމަށެވެ.

މިއީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅައި، ނޫސްވެރިކަން ކުރުމުގެ ޖާގަ ހަނިކުރުމަށް ސަރުކާރުން ހިންގި “ލަދުވެތި” އަމަލެއްގެ ގޮތުގައި ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށާއި އެއީ ވެރިކަމުގެ ބާރުގައި ތިއްބަވާ ބަޔަކު ހިތަށްއެރުމުން ދޭ، ނުވަތަ ބޭނުންވުމުން އަތުލެވޭނެ ފަދަ “އިނާޔަތެއް” ނޫން ކަމަށެވެ.

1 ކޮމެންޓް
Aas
އޭޕްރީލް 28, 2026
Furathama Kaley menge. Party meehun meehunge aburaa nubehi bala Kaley men furathama islaahu veha