English Edition
Dhivehi Edition
ލޯކަލް ކައުންސިލް އިންތިހާބު 2026 ގައި ވޯޓުލުން: ފޮޓޯ އޭއޯ ނިއުސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ކުރި އިއުލާނުގައިވަނީ މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 15:00 ޖެހުމާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު އީސީން ކުރި އިއުލާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު 02 މޭ 2026 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ލިބުނުކަން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތުން ކަށަވަރުކުރަންވާނެ ކަމަށް އިއުލާނުގައި ވެއެވެ.

ބައި-އިލެކްޝަން ބާއްވާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު، ހެނދުނު 8:00 އިން ހަވީރު 4:00އަށެވެ. އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ހަމަޖެހިފައިވަނީ އޭގެ ދެ ދުވަސް ފަހުން، ޖޫން އަށް ވަނަ ދުވަހުއެވެ.