English Edition
Dhivehi Edition
ރައީސް މުއިއްޒު ރިޔާސީ ބަޔާން ދެއްވަނީ: ފޮޓޯ މަޖިލިސް

ރާއްޖޭގައި ބުލީ ކުރުމުގެ މައްސަލަ އިތުރުވަމުންދާތީ، އެކަން ހުއްޓުވަން ހާއްސަ ގާނޫނެއް ތައާރަފު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ މިކަމަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އޭޖީ އޮފީހުންނެވެ. މި މަސައްކަތުގައި ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފާ ހޯދާނެ ކަމަށާއި، މަޝްވަރާތައް ނިމުމުން ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ގާނޫނުގެ ތެރެއިން ބުލީ ކުރުމުގެ އަމަލުތަކަކީ ކޮބައިކަން ސާފުކޮށް ކަނޑައަޅައި، އެކަން ކުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތްތައް ހަރުދަނާ ކުރާނެއެވެ. މިހާރު ވެސް ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހުތަކުން އޮންލައިންކޮށް ބުލީ ކުރުން ހުއްޓުވަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މި އާ ގާނޫނާއެކު މިފަދަ އަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.