English Edition
Dhivehi Edition
މެޑަމް ސާޖިދާ މުހައްމަދު

ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާތީ، ކޮންމެ މީހެއްގެ ހިތުގައި ކީރިތި ފޮތަށް ބޮޑު ލޯތްބެއް އޮންނަން ޖެހޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ވެމްކޯއިން ބޭއްވި ދީނީ މުބާރާތެއްގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވެމްކޯގެ މުވައްޒަފުންނަކީ އިސްލާމީ އުސޫލުތަކާއި އަދަބުތަކަށް ލޯބިކުރާ ބަޔަކަށް ހެދުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ކުރާ މަސައްކަތްތައް އެކަމަނާ ފާހަގަ ކުރެއްވިއެވެ. ކީރިތި ފޮތް ކިޔަވަން ދަސްކޮށްދިނުމަށް އެ ކުންފުނިން ފެށި ކްލާސްތަކަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް ވިދާޅުވީ، މުވައްޒަފުންނަށް ހާއްސަކޮށް ފޮތް ކިޔަވަން ދަސްކޮށްދޭ އިމާރާތެއް މިއަހަރުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. މިފަދަ ހަރަކާތްތަކަކީ މުވައްޒަފުންގެ މެދުގައި ދީނީ ކަންކަން ކުރިއެރުވުމަށް ބޭއްވޭ މުހިންމު ހަރަކާތްތަކެއް ކަމަށް ވެމްކޯއިން ބުންޏެވެ.