English Edition
Dhivehi Edition
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ފެށިއްޖެ އެވެ. ފައްޔާޒު އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުން ހުސްވި މި މަގާމަށް ވާދަކުރައްވާނެ ކަމަށް ތިން ބޭފުޅަކު މިހާރު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

މި މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މެންބަރު މީކާއީލް ނަސީމް އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހްމީ ހިމެނެ އެވެ. ރައީސް ނަޝީދު މިހާރު ކެމްޕެއިން ފައްޓަވައި ރަށްތަކަށް ދަތުރުތައް ކުރައްވަމުން ގެންދަވާއިރު، މީކާއީލް ފޯކަސް ކުރައްވަނީ ޒުވާނުންނަށެވެ. އަލްހާން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ.

މި އިންތިހާބުގައި ރައީސް ނަޝީދަށް ކުރީގެ ދެ ޗެއާޕާސަނުން ކަމަށްވާ ފައްޔާޒު އާއި މާރިޔާ އަހްމަދު ދީދީގެ ތާއީދު އޮތްކަން ވަނީ ހާމަކުރައްވައިފަ އެވެ. ނަމަވެސް، ރައީސް ސޯލިހްގެ ތާއީދު އޮތީ ކޮން ބޭފުޅަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް ސޯލިހްގެ ތާއީދު ބޮޑަށް އޮތީ މީކާއީލް އަށެވެ.

ޕާޓީގެ އެތެރޭގެ ހަމަޖެހުން ހިފެހެއްޓުމަށް މިހާރު ޕާޓީ ހިންގަވަނީ ވަގުތީ ކޮމެޓީއަކުންނެވެ. އިންތިހާބާ ހަމައަށް ޕާޓީ ބައިބައިނުވެ އޮތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.

ޓެގު