ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ.
މިއަދު ދޫނިދޫގައި ނައްތާލައިފައި ވަނީ މި އެޕްރީލް މަހުގެ 16ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން ނައްތާލައިފައި ވަނީ 138 ނެނޯ ކާޓްރިޖްއާއި ޑިސްޕޯސަބަލް ވޭޕްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެއްޗެވެ.
ވޭޕް ނައްތާލައިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.