English Edition
Dhivehi Edition
ޢަބްދުﷲ ސާދިގު (ސޯބެ)

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކީ ޢަބްދުﷲ ސާދިގު (ސޯބެ) އަށް ކަށަވަރުވެއްޖެ އެވެ. އެމްޑީޕީގެ ޓިކެޓަށް ވާދަކުރަން ހުޅުވާލި ފުރުސަތު ހަމަވިއިރު ކުރިމަތިލީ އެންމެ މެންބަރަކު ކަމަށްވާތީ، ޕާޓީގެ ޓިކެޓު އޭނާއަށް ވަނީ ލިބިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ޖޫން މަހުގެ ހައެއްގަ އެވެ. މި ދާއިރާގައި ވޯޓުލުމުގެ ހައްގު ހަތަރު ހާސް އެއްސަތޭކަ ސާދަ މީހުންނަށް ލިބޭއިރު، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ވިހި ހަތަކާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މި އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓަކު ހޮވުމަށް އެ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ޕާޓީގެ ޕްރައިމަރީގައި މުހައްމަދު ސިނާނާއި އަހުމަދު ސައީދު ވާދަކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ. މަޖިލީހުގެ މި ގޮނޑި ހުސްވީ ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާނުގެ މައްސަލައަކާ ގުޅިގެން ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.

ޓެގު