މާލޭ މާފަންނު ގެއެއްގެ ހުސް ބިމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މ. މައިމަގުމަތީގެ ހުސް ބިމެއްގައެވެ.
އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) ގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. ސިފައިން ކުރި މަސައްކަތުން މިހާރު އެ އަލިފާންގަނޑު ވަނީ މުޅިން ކޮންޓްރޯލް ކުރެވިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެތަނުގައި އޮތް ހުސް ބިމެއްގައި ހުރި ކުނިތަކެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.