މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް، މިނިސްޓަރު ތޯރިގު އިބުރާހިމް ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް ސިނާއަތުގެ މައި ޖަމިއްޔާ ކަމަށްވާ މަޓީގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށާއި ޓޫރިޒަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުންނެވެ. މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވީ، ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ދުރާލައި ތައްޔާރުވުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ.
ތެޔޮ އެތެރެކުރާ ކުންފުނިތަކުން ވަނީ މި ދަނޑިވަޅުގައި އެ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމުގެ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ މަސްރަހަށް ބަދަލު އައި ނަމަވެސް، ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް ކަންކަން ރޭވުން ކަމަށް މިނިސްޓްރީން ބުންޏެވެ.