English Edition
Dhivehi Edition

އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނަށް ދިން ހަމަލާއާއި ގުޅިގެން ފެށުނު ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެއްބަސްވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށައިފިއެވެ.

އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި ބްރިޖްތަކާއި ހަކަތައިގެ ވިއުގަ އެކީއެކަށް ފުނޑުފުނޑު ކޮށްލައި، މުޅި ހަޟާރަތް އެކަށް ނެތިކޮށްލައްވާނެ ކަމަށް ވިދާޅުވުމަށް ފަހު 2 ހަފްތާއަށް ހަމަލާތައް ހުއްޓާލަން ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

ހަނގުރާމަ މެދުކަނޑާލަން ނިންމުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް މިވަނީ ބަދަލު އަންނަން ފަށާފައެވެ.

އެގޮތުން އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 14.7 އިންސައްތައަށް ވަނީ ވެއްޓިފައެވެ. އެ ގައުމުގައި އިއްޔެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 117 ޑޮލަރަށް ހުރިއިރު މިވަގުތު ވަނީ 96.27 ޑޮލަރަށް ވެއްޓިފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ބްރެންޓް ކްރޫޑް ތެލުގެ އަގު 14.4 އިންސައްތަ ދަށްވެ 93.48 ޑޮލަރަށް ވެއްޓިފައެވެ.