English Edition
Dhivehi Edition

އައްޑު ސިޓީއާ 2،553 ކިލޯމީޓަރު ކައިރިއަށް ބިންހެލުމެއް އައިސްފައިވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މިޑު އިންޑިއަން ރިޖުއަށް މި ބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނު 9:55 ހާއިރެވެ. މި ބިންހެލުން އައިސްފައި ވަނީ 5.3 މެގްނެޓިއުޑް ބާރުމިނުގައެވެ. އެކަމަކު މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެ އަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ މިޑް އިންޑިއަން ރިޖަށް 10 ކިލޯމީޓަރުން އަޑިން 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މިއަދު ހެނދުނު ގާތްގަނޑަކަށް 10 ޖަހަނިކޮށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖެއާ ކައިރިއަށް ބިންހެލުންތައް އައިސްފައި ވެއެވެ.