English Edition
Dhivehi Edition
މާލެ މަގުމަތި / ފޮޓޯ:ފަޔާޒު މޫސާ

އިއްޔެ، މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހެއްގެ އޮޓޯޕްސީ ހެދުމަށް ނިންމާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ގ. ފްރެޝް ލައިޓް ނަމަކަށް ކިޔާ ގެއަކުން އިއްޔެ މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު ފުލުހުން ބުނީ ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާ، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާ ހިނގާފައިވާ ތަނާ ގުޅޭ ގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.