English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އަބްދުالله ނާޘިމް އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، މުހައްމަދު ޖަމްޝީދު އަދި ތިނަދޫ ސިޓީ ތަމްސީލުކުރައްވާ މަޖްލިސް މެންބަރުންނާއ،ި ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން، 102 އެނދުގެ ޖާގައިގެ އިމާރާތެއް 87,455 އަކަފޫޓުގެ ސަރަހައްދެއްގައި ބިނާކޮށް ހޮސްޕިޓަލް ޓާޝާރީ ފެނަވަރަށް ތަރައްގީކުރާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މިއ،ީ 144.43 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ 10,000 މަތީގެ އާބާދީއެއް އޮންނަ ތިނަދޫ ސިޓީއަކީ ދުވާލަކު އެތައް ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ދަތުރުކުރާ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށެވެ. އަދި ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރު ވިންގެއް ޑިޒައިންކޮށް އިމާރަތް ކުރުމުގެ އަމަލީ މަސައްކަތް ނިމުމާއެކު ތިނަދޫއިން ލިބޭ ސިއްހީ ފަރުވާ އިތުރުވ،ެ ތިނަދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބޭސްފަރުވާގެ ހިދުމަތް ލިބުމަށް މަގުފަހި ވެގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.