English Edition
Dhivehi Edition
އައްޑޫގައި ކާރެއް ފުރޮޅާލުން

އައްޑޫ ސިޓީގެ ހިތަދޫ ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްހައި ކާރެއް ފުރޮޅާލުމުގެ ސަބަބުން އަނިޔާވި ޑްރައިވަރު އިތުރު ފަރުވާއަށް މާލެ ފުރުވާލައިފިއެވެ.

ފުލުހުން ބުނީ، އަައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓް ވެފައިވާކަމުގެ ރިޕޯޓްކޮށްފައި ވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްވި ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.