English Edition
Dhivehi Edition

ޢީދު ދުވަހަކީ މުސްލިމް ހުރިހާ ގައުމަކަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހެވެ. މިދުވަސް ޢީދު ނަމާދުން ފެށިގެން ހެނދުނުގެ ނާސްތާ އަދި މެންދުރުގެ ކެއުމާ މިކަންކަމުގައި ހުރިހާ މުސްލިމުން އަވަދި ނެތިއުޅެއެވެ. މިގެނެސްދެނީ ޢީދު ދުވަހު މުޅި އާއިލާ އެއްކޮށް އެއްސުފުރާ އެއްގައި މެނދުރުގެ ކެއުން ކާލަން ކައްކާލުމަށް އެންމެ މީރު ރެސިޕީ ކަމަށްވާ ޗިކެން ބިރިޔާނީ ކައްކާނެ ގޮތެވެ.

​ބޭނުންވާ ތަކެތި:

1 ކިލޯ ކުކުޅު
400ގ ކާޑްނުވަތަ ޔޯގަޓް
1 ސައިސަމުސާ ޗިލީ ޕައުޑަރ
1/2 ރީނދޫ
1 ލުނބޯ
ލޮނު (ރަހަލާ ވަރަށް)
4 ސައިސަމުސާ ޖިންޖަރގާލިކް ޕޭސްޓް
1 ސަމުސާ ކާޑަމަން ޕައުޑަރ
3 ކަރަންފޫ
5 ކާފޫރުތޮޅި
ފޮނިތޮށި (ހަތަރު ވަރަކަށް)
1 ސައިސަމުސާ ދިރި
ކޮރިއަންޑާރ ފަތް
5 ތޮޅި މިރުސް (ދިގު މިރުސް)
2 ސަމުސާ ގަރަމް މަސާލާ ޕައުޑަރ (ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ، ދިރި އެއްކޮށްލައިގެން ހިމުންކޮށްލާފައި)
1 ސައިސަމުސާ ގްރީން ޗިލީ ޕޭސްޓް
1/2 ޖޯޑު ކިރު
3 ސެފްރޯން
4 ފިޔާ (ބޮޑު) ދިގުކޮށް ކޮށާފައި
1 ޖޯޑު ތެޔޮ
1 ކިލޯ ބާސްމަތީ ހަނޑޫ
ކާކުލަ (ރީނދޫ)
4 ސަމްސާ ދިޔާ ބަޓަރު

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ކުކުޅު މެރިނޭޓް ކޮށްލަން ތެއްޔަކަށް ކުކުޅު، ކާޑް، ޗިލީ ޕައުޑަރ، ރީނދޫ، ލުނބޯ، ޖިންޖަރ ގާލިކް ޕޭސްޓް، ލޮނު، ކާޑަމަން ޕައުޑަރ، ކަރަންފޫ، ކާފޫރުތޮޅި، ފޮނިތޮށި، ކޮރިއަންޑަރ، މިންޓް ފަތް، ގްރީން ޗިލީ، ގަރަމް މަސާލާ، އްދި ކިރުގެ ތެރެއަށް ސެފްރޯން އެއްކޮށްލުމަށްފަހު އަޅާލާށެވެ. ދެން ފިޔާ ވަކިން ތެލުލުމަށްފަހު، ހީހޫ ވުމުން ކުރިން މެރިނޭޓްކުރަން ތައްޔާރުކޮށްފައިވާ ކުކުޅުގެ ތެރެއަށް އަޅާލާށެވެ. އޭގެ ތެރެއަށް އެއް ޖޯޑު ތެޔޮ އެޅުމަށްފަހު އަތުން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު 2 ގަޑިއިރު މެރިނޭޓްކޮށްލަން ބަހައްޓާށެވެ.
ދެން ހޫނު ފެން ތެއްޔެއްގެ ތެރެއަށް ލޮނު، ލުނބޯގެ އެއްފަޅި، އެއް ސަމުސާ ދިރި، 3 ފޮނިތޮށި، 4 ކަރަންފޫ، 5 ކާފޫރުތޮޅި، 3 ސަމުސާ ތެޔޮ، ކޮރިއެންޑަރ ފަތް އެޅުމަށްފަހު އޭގެ ތެރެއަށް ހަނޑޫ އަޅާލާށެވެ. ދެން ހަތަރުވަރަކަށަ މިނެޓް ވަންދެން ގަދަ ގިނީގައި ކައްކާލާށެވެ. މަތި ޖަހައިގެން ގިނި މަޑު ކުރުމަށްފަހު ކުޑަކޮށް ހަނޑޫ މަޑުވުމުން، އޭގެން ބޮޑު ތިން ސަމުސާ، ކުރިން މެރިނޭޓްކުރި ކުކުޅުގެ މައްޗަށް އަޅާލާށެވެ. ދެން ފެން ހިންދާލުމަށްފަހު ބާކީ ހުރި ބަތްވެސް ތެލީގެ ތެރެއަށް އަޅާލާށެވެ. ކިރާއި ސެފްރޯން އާއި ރީނދޫ ކުލަައިގެ ކާކުލަ އެއްކޮށްލުމަށް ފަހު ބަތުގެ މަތީގެ ލޭޔަރަށް އަޅާލާށެވެ. އެއަށްފަހު ކޮރިއެންޑަރ ފަތް، ގްރީން ޗިލީ ވެސް އަޅާލާށެވެ. ދެން އޭގެ މައްޗަށް ގަރަމް މަސާލާކޮޅެއް ބުރުވާލާށެވެ. ފްރައިކޮށްފައި ހުރިފިޔާބތަކުން ފިޔާ އަދި ބަޓަރު އެޅުމަށްފަހު އެލްމެނިއަމް ފޮއިލް އިން ތެލި ބަންދުކުރުމަށްފަހު ގަދަ ގިނީގައި 5 މިނިޓް ކައްކާށެވެ. ދެން މަޑުގިނި ގައި 30 މިނިޓް ކެއްކުމަށްފަހު ކުކުޅު ރޯފިލާފައި ހުރިތޯ ޗެކްކޮށްލާށެވެ. ކުކުޅު ރޯފިލައި ހަނޑުލުގެ ރޯފިލީމަ ހުންނާނީ ބިރިޔާނީ ތައްޔާރުކޮށް ނިމިފައެވެ.

10 ކޮމެންޓް
އަބްޑޫޅް +
އޭޕްރީލް 19, 2026
ގުޑުލަކު.
އަބްޑޫޅް +
އޭޕްރީލް 19, 2026
4 ފިޔާ (ބޮޑު) ދިގުކޮށް ކޮށާފައި ގެ ބަދަލުގަ ކީއްވެގެން ނުލިޔުނީ، 4 ލާޖް އަނިޔަންސް، ސްލައިސްޑް ލެންތުވައިސް. ކަލޭމެންނަކީ އިިގިރޭސީންނޭ ހީވާނީ އޭރުންނޭ.
އަބްޑޫޅް +
އޭޕްރީލް 19, 2026
"ސައިސަމުސާ ގްރީން ޗިލީ ޕޭސްޓް"؟ ކީއްވެގެން ނުލިޔުނީ، "ޓީސްޕޫން ގްރީން ޗިލީ ޕޭސްޓް"؟ އިނގިރޭސިއެކޭ ހީވާނީ އޭރުންނޭ.
އަބްޑޫޅް +
އޭޕްރީލް 19, 2026
"ގްރީން ޗިލީ ޕޭސްޓް" އަކީ ފުނޑާފަ ހުރި ތޮޅި މިރުސް.
އަބްޑޫޅް +
އޭޕްރީލް 19, 2026
"ކާޑަމަން ޕައުޑަރ" އަކީ ކާފޫރުތޮޅީގެ ކުނޑި.
އަބްޑޫޅް +
އޭޕްރީލް 19, 2026
"ގަރަމް މަސާލާ ޕައުޑަރ". ގަރަންމަސާލައަކީ މުގުރާފަ ހުންނަ ހަވާދު ކުނޑި އެއް. ކޮންމެހެން އިނގިރޭސިބަސް ދަންނަ ކަމަުގަ ހެދުމަށް، "ޕައުޑަރ"، މިހެން ނުލިޔުނަސް ކައްކާ އުޅޭ މީހުންނަށް އެގޭނެ، އެއީ ކުނޑިއެއްކަން.
އަބްޑޫޅް +
އޭޕްރީލް 19, 2026
"ކޮރިއަންޑާރ ފަތް" އެޔަށް ދިވެހި ބަހުން ކިޔަނީ، "ކޮތަނބިރި ފަތް".
އަބްޑޫޅް +
އޭޕްރީލް 19, 2026
"ޗިލީ ޕައުޑަރ". އެޔަށް ދިވެހިބަހުން ކިޔަނީ، "ތެޅި މިރުސް".
އަބްޑޫޅް +
އޭޕްރީލް 19, 2026
"ޢީދު ދުވަހަކީ މުސްލިމް ހުރިހާ ގައުމަކަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހެވެ." ބަލަ، އީދު ދުވަހަކީ ކާފަރުންގެ ރަށްރަށުގަ އުޅޭ އިސްލާމުން މޮޅިވެފަ ތިބޭ ދުވަހެއްތަ؟
އަބްޑޫޅް +
އޭޕްރީލް 19, 2026
އެޔަށް ކިޔަނީ "ބިރިޔާންކުޅަ ކުކުޅު". ޗިކެން އަށް ދިވެހި ބަހުން ކިޔަނީ "ކުކުޅު".